ކުނި ނެރޭ ގަޑި ބަދަލު ކޮށްފި

ކުނި ނެރޭ ގަޑި ބަދަލު ކޮށްފި

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގޭބީސީތަކުން ކުނި ނެރޭ ގަޑި ބަދަކޮށްފިއެވެ.

ރޯދަމަހާ ދިމާކޮށް މީގެ ކުރިން ކުނި ނެރޭ ގަޑިއެއްގެ ގޮތުގައި ހަމަޖައްސާފައި އޮތީ ރޭގަނޑު10 އާއި11 އާއި ދެމެދުއެވެ.

ނަމަވެސް މިރެއިން ފެށިގެން އެވަގުތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ. އަދި މިހާރު މާލޭ ސަރަހައްދުގެ ގޭބިސީ ތަކުން ކުނި ނެރެން ޖެހޭނެ ގަޑިއަކީ ރޭގަނޑު9 އާއި10 އާއި ދެމެދުއެވެ.

ވެމްކޯ އިން މިވަގުތު މާލެ ސަރަހައްދުގެ ގޭގެއިން ކުނި އުކާލަ ދެނީ ގޭބީސީތަކުގެ އިމާރާތުގެ ތިރީ ފަންގިފިލާ އާއި ހަމައަށް ކުނި ނެރުމުންނެވެ. މި ބަދަލު ގެނައީ ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވެމްކޯ އިން ބުންޏެވެ.

މީގެ އިތުރުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހަވީރު 5:00 ގައި ބަންދު ކުރާނެ ކަމަށާއި ވެމްކޯގެ ކޯލް ސެންޓަރުން ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 3:00 އަށް ކަމަށް ވެމްކޯ އިން ބުންޏެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *