ދިއްދުއިން ޕޮޒިޓިވްވި ޢަދަދު 20އަށް

ދިއްދުއިން ޕޮޒިޓިވްވި ޢަދަދު 20އަށް

ހއ.ދިއްދުއިން އިތުރު 6 މީހަކު ޕޮޒިޓިވްވެ، އެރަށުން ބަލިޖެހުނު މީހުންގެ އަދަދު 20އަށް އަރައިފިއެވެ.

މިމަހުގެ ފުރަތަމަ ދުވަހު ދިއްދޫން ފެނުނު ކޯވިޑް ކޭސްއާއި ގުޅިގެން އާދީއްތަ ދުވަހު އެރަށުން 121 ސަމްޕަލެއް ނެގިއެވެ. އޭގެތެރެިން އިތުރު 6 މީހެއްގެ ސާމްޕަލްވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރޭން 40 ސާމްޕަލް ނެގެޓިވް ވެފައިވާއިރު 75 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށް ހއ އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

މިހާތަނަށް ދިއްދޫއިން ވަނީ20 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން ޒުވާން އަންހެނަކު ހާލު ދެރަވެގެން އިތުރު ފަރުވާއަށް ށ. އަތޮޅު ކޯވިޑް ފެސިލިޓީއަށް ވަނީ ބަދަލުކޮށްފައެވެ. އޭނާއަކީ ހައިރިސްކު މީހެއްކަމަށް ދިއްދޫގައި ހުންނަ ހއ.އަތޮޅު ހޮސްޕިޓަލުން ބުންޏެވެ. އަދި ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ދިއްދޫގައި އަންނަނީ އިތުރު ސާމްޕަލްތައްވެސް މިހާރު ނަގަމުންނެވެ.

ދިއްދޫއިން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތަކެއް މިމަހުގެ ފުރަތަމަ ދުވަހު އެރަށުގަ ހުރި ފްލޫކުލިނިކަށް ދެއްކި މީހެކެވެ. ދިއްދޫ މިވަގުތު އޮތީ މޮނިޓަރިންގައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *