މާލެ ސަރަޙައްދުގައި މިއަދުން ފެށިގެން ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލައިފި

މާލެ ސަރަޙައްދުގައި މިއަދުން ފެށިގެން ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލައިފި

މާލެ ސަރަޙައްދުގައި މިއަދުން ފެށިގެން ކޮވިޝިއެލްޑް ވެކްސިން ވަގުތީ ގޮތުން ޖެހުން ހުއްޓާލައިފިއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލަން ވަނީ ނިންމާފައެވެ. އަދި އަލުން ޖަހަން ފެށޭނެ ތާރީޙެއް ފަހުން އިއުލާން ކުރެވޭނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ވެކްސިން ޖެހުން ކުއްލިއަކަށް ހުއްޓާލި ސަބަބެއް، ހާމަކޮށްފައި ނުވެއެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހުމުގައި ރަނގަޅު އިންތިޒާމު ތަކެއްނެތި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މިކަމަށް ހައްލުތަކެއް ހޯދައި ދޭނެކަމަށް ރޭ ބޭއްވި ޕްރެސްގައި އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މާލެ ސަރަހައްދުގައި ކޮވިޝިއެލްޑް ވެކްސިން ޖެހުން ވަގުތީ ގޮތުން މެދު ކަނޑާލާފައިވަނީ ވެކްސިން ނެތިގެންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މިފަދަ އެއްވެސް މައުލޫމާތެއް މިހާތަނަށް އެޗްޕީއޭއިން ހާމަކޮށްފައި ނުވެއެވެ. ރޭ ބޭއްވި ޕްރެސްގައިވެސް ނޫސްވެރިން ވެކްސިންގެ ސްޓޮކާއި ގުޅޭގޮތުން ސުވާލު ކުުރުމުން އެމައުލޫމާތު ފަހުން ހާމާކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *