މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި20.9 މިލިއަން ރުފިޔާ ލިބިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ.
އެކުންފުނިން ބުނީ ޓެކްސްއާ ނުލާ އެންމެ ބޮޑު ފައިދާއެއް މިފަހަރު ލިބިފައި ވުމާއެކު މިއީ 2019 ވަނަ އަހަރަށްވުރެ 115 ޕަސެންޓް ބޮޑު ފައިދާއެއް ކަމަށެވެ.
އެމްޓީޑީސީ އަށް ފައިދާ ލިބުނު އިރު އެ ކުންފުނިން، އެކި ރަށްރަށުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 13 މިލިއަން ޑޮލަރު ދެއްކުން މިދިޔަ އަހަރު އަހަރު ވަނީ ތިން އަހަރަށް ފަސް ވެސް ކޮށްފަ އެވެ. މިދިޔަ އަހަރަކީ 11 އަހަރަށް ފަހު އެ ކުންފުނިން ހިއްސާގެ ފައިދާ ބެހި އަހަރެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ލާރި ބެހުމަށް ވަނީ ނިންމައިފަ އެވެ.
އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ.

