އިންކަމް ސަޕޯޓް އެލަވަންސްނެގި ހާހަކަށްވުރެ ގިނަ މީހުންގެ މައްސަލަ ބަލަނީ

އިންކަމް ސަޕޯޓް އެލަވަންސްނެގި ހާހަކަށްވުރެ ގިނަ މީހުންގެ މައްސަލަ ބަލަނީ

ކޮވިޑް-19 ގެ ހާލަތުގައި ވަޒީފާގެއްލި ނުވަތަ އުޖޫރައަށް ބަދަލުއައިސްފައިވާ ފަރާތްތަކަށް ސަރުކާރުން ދެމުންގެންދާ އިންކަމް ސަޕޯޓް އެލަވަންސް އޮޅުވާލައިގެން ނަގާފައިވާ ކަމަށް ބުނާ ހާހަކަށްވުރެ ގިނަ މީހުންގެ މައްސަލަ ބަލާ އެމީހުންނާއި މެދު ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އޮޅުވާލައިގެން މިހާ ގިނަ އަދަދެއްގެ ބަޔަކު އެލަވަންސް ނެގިކަން ފަޅާއެރީ، އިކޮނޮމިކް މިނިސްޓްރީއިން ހާއްސަ ކުރި ޖޮބް ޖެންޓާ ޕޯޓަލްއާއި ޕެންޝަން އޮފީހުގެ ޑޭޓާބޭސް ގުޅާލުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވެއެވެ. އެޑާޓާތައް އަޅާ ކިޔުމުގެ ތެރޭގައި ވަޒީފާތަކުގައި އުޅޭ ހާހެއްހާ މީހުން، އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި މައުލޫމާތުދީ، އިންކަމް ސަޕޯޓް އެލަވަންސް ހޯދާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެމިނިސްޓްރީއިން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ ފައްޔާޒް މައުލޫމާތު ދެމުން ވިދާޅުވީ، މިކަން ކުރި ފަރާތްތައް ހޯދާ އެމީހުންގެ އަތުން އަނބުރާ ފައިސާ ހޯދާނެ ކަމަށާއި، އެމަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަމިއްލަ މަސައްކަތް ކުރާ ގިނަ މީހުންގެ މައުލޫމާތު ކަށަވަރު ކުރީ އެ މީހުން ހުށަހެޅި މައުލޫމާތުތަކަށް ކަމަށާއި، އަދި އޭރު ބެލީ އެ އެހީތެރިކަން ބޭނުންވާ ބަޔަކަށް ލުއި މިންގަނޑެއްގެ ތެރެއިން ފައިސާގެ އެހީ ދެވޭތޯ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު ނުވަތަ އާމްދަނީއަށް އަސަރުކުރި 22،786 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ގެ ގޮތުގައި 418 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *