މިއަދު 253 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެ

މިއަދު 253 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެ

މިދިޔަ 24 ގަޑި އިރުތެރޭ ރާއްޖެއިން އިތުރު 253 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 27،874 އަށް އަރާފަ އެވެ.
މިއަދު ބަލި ޖެހުނު މީހުންގެ ތެރެއިން 147 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ.
އަދި 35 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 31 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން 40 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން މިރޭ ބުނެފައިވެއެވެ. އަދި މިއަދު ހެދީ 3،549 ކޮވިޑް ޓެސްޓެވެ.

މިހާތަނަށް ރާއްޖޭގައި 24،309 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އަދި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،485 މީހުންނެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 123 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 71މީހުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *