މިއަދު ޕޮޒިޓިވް ވި ޢަދަދު 253 އަށް

މިއަދު ޕޮޒިޓިވް ވި ޢަދަދު 253 އަށް

އެޗްޕީއޭއިން އާއްމުކުރި އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ފާއިތުވި 24 ގަޑިއިރު ނެގުނު 3،286 ސާމްޕަލްގެ ތެރެއިން ވަނީ  253 މީހަކު ކޮޥިޑަށް ޕޮޒިޓިވް ވެފައެވެ.

ފާއިތުވި 24 ގަޑިއިރުތެރޭ މާލޭ ސަރަހައްދުން 111 މީހުންވަނީ ކޮޥިޑަށް ޕޮޒިޓިވް ވެފައިވާއިރު ފާއިތުވި 24 ގަޑިއިރުތެރޭ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވް ވެފައިވަނީ 61މީހުންނެވެ. މިއަދު ރިސޯޓުތަކުން 14 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެހެނިހެން ކަންކަމަށް ބޭނުންކުރާ ރަށްތަކުން 17 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 26،920 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 2،905 ގައި އުޅޭއިރު 83 މީހަކަށް އަންނަނީ ހޮސްޕިޓަލް ތަކުގައި ފަރުވާދެމުންނެވެ.

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 23،935 ގައި އުޅޭއިރު، މިހާތަނަށް ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު ވަނީ 71 އަށް އަރާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *