ދަފްތަރު މީހުންނަށް މަޖިލީހުގެ ޚާއްސަ ދާއިރާއެއް ކަނޑައަޅަންޖެހޭ

ދަފްތަރު މީހުންނަށް މަޖިލީހުގެ ޚާއްސަ ދާއިރާއެއް ކަނޑައަޅަންޖެހޭ

މާލޭގެ ދަފްތަރުގައި ޖައްސަފައިވާ މީހުންނަށް ވަކި ދާއިރާއެއް ޚާއްސަކުރައް ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ގޮނޑި ގެއްލިގެން ދިޔައީ އެ ދާއިރާއަށް ދަފްތަރުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު ވޯޓްލާ ގޮތަށް ކަނޑައެޅުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އާންމުގެ ބޮޑެތި ފާޑުކިޔުން އަމާޒުވާތީ އަލީ ހުސެއިން ވިދާޅުވީ ދަފްތަރުގއި ޖައްސާފައިވާ މީހުންނަށްވެސް ހައްގުތައް ކަށަވަރުކޮށް ދޭންޖެހޭކަމަށެވެ.

ދަފްތަރުގެ މީހުންނަކީ ކޮންމެ އިންތިޚާބަކާއި ދިމާކޮށް އެކި ފަހަރު އެކި ދާއިރާތަކަށް ޖައްސަން ތިބޭބަޔަކަށް ވެގެން ނުވާނެކަމަށެވެ. އަދި އެމީހުންނަކީވެސް އުންމީދުތަކެއް އޮތްބައެއްކަން ބަލައިގަނެ އެމީހުންނަށް ޚާއްސަ ދައިރާއެއް މަޖިލީހުން ކަނޑައަޅަން ޖެހޭކަމަށެވެ.

އިންތިޚާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުން މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބެނީ އިދިކޮޅު ޕީޕީއެމްއަށެވެ. މާލޭގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމްއަށް 12 ގޮނޑި ލިބިފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *