ޕޮލިސް ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައިފި

ޕޮލިސް ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެ މަތީން “ޕޮލިސް ބޯޑު” މިއަދު އެކުލަވައިލައްވައިފިއެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

މި ބޯޑުގައި ހިމެނޭ 7 މެމްބަރުންނަކީ

1. އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ
2. އަލްފާޟިލާ ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ
3. އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ
4. އަލްފާޟިލް އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން
5. އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
6. އަލްފާޟިލް ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ
7. އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

“ޕޮލިސް ބޯޑު”ގެ ނަމުގައި އެކުލަވާލާ ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މެންބަރުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *