ހިޔާ ފްލެޓްގެ ގުރުއަތު ލުން ބުރާސްފަތި ދުވަހު ބާއްވަނީ

ހިޔާ ފްލެޓްގެ ގުރުއަތު ލުން ބުރާސްފަތި ދުވަހު ބާއްވަނީ

ހުޅުމާލެ ގައި ކުރީގެ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން މިހަފްތާގެ ބްރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖހިއްޖެއެވެ.

އެޗްޑީސީން ބުނެފައިވަނީ ހިޔާ ފުލެޓްގެ ގުރުޢަތު ނެގުން 8 އޭޕްރީލް 2021 (ބުރާސްފަތި) ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި، މިގޮތުން އެންމެ ފުރަތަމަ ގުރުޢަތު ނަގާނީ H10 (ޙާއްޞައެހީއަށް ބޭނުންވާ މީހުން) ގެ ކެޓަގަރީ ކަމަށެވެ.

ގުރުއަތު ނަގާނެ ގޮތް:

1. ގުރުޢަތު ނަގާނީ 8 އޭޕްރީލް 2021 (ބުރާސްފަތި) ދުވަހުގެ ހެދުނު 9:00 އިން ފެށިގެން H10 ކެޓަގަރީ ލިސްޓުގައިވާ އެންމެންގެ ގުރުޢަތު ނަގައިނިމެންދެން ކުރިޔަށް ގެންދިއުން.

2. ގުރުޢަތު ނަގާނީ، މި ކެޓަގަރީ އިން ފުލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތް ތަކުގެ އައި.ޑީ ކާޑުގެ ނަމްބަރު ތަރުތީބުން.

3. ގުރުޢަތު ނަގާނީ، ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު މަތީގައި ދެންނެވިފައިވާ ފަދައިން ލިސްޓްގައި ހިމެނޭ ފަރާތް ތަކުގެ އައި.ޑީ.ކާޑު ނަމްބަރު ތަރުތީބުން.

4. ގުރުޢަތު ނަގާނީ، ދަޢުލަތުގެ މީޑިއާ ޕީ.އެސް.އެމް އިން ލައިވް ކޮށް ދައްކަމުންނެވެ. އަދި މީޑިއާގެ އެހެން ވަސީލަތް ތަކުންވެސް ލައިވް މަންޒަރު ދެއްކުމަށް މަސައްކަތް ކުރެވޭނެ.

5. މިދުވަސްވަރަކީ ކޯވިޑްގެ ދުވަސްވަރު ކަމަށްވާތީ HPA ގެ ގައިޑްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން ގުރުޢަތު ނަގާ ހޯލަށް ދަޢުވަތު ދެވިގެންވަޑައިގަންނަވާ އޮބްޒާވަތުންނަށް ވަނުމުގެ ފުރުޞަތު ދެވޭނެ.

6. ގުރުޢަތު ނަގާއިރު، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ފެންނާނެ. މީގެ އިތުރުން ފުލެޓް ލިބުނު ފަރާތުން ދެއްވާފައިވާ ފޯނުނަމްބަރަށް SMS އެއް ލިބިލައްވާނެ، މި SMS ގައި ނެގުނު ފުލެޓް، ޓަވަރު، ފުލޯ ހިމެނިފައިވާނެ އަދި މި ގައި ވާ ލިންކަށް ކްލިކް ކޮއްލުމުން ގުރުއަތުން ނެގުނު ފުލެޓްގެ އިތުރު މަޢުލޫމާތު ފެނިލައްވާނެ.

އެޗްޑީސީން ބުނެފައިވަނީ މި ގުރުޢަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމާއި ފުލެޓްގެ ތަޅުދަނޑި ޙަވާލުކުރާނެ ތާރީހެއް ފަހުން އިޢުލާނު ކުރެވޭނެކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *