ޢުމުރުން 16 އަހަރު ފުރުމުން ލައިސަންސް ދިނުމަށް ހުށަހަޅައިފި

ޢުމުރުން 16 އަހަރު ފުރުމުން ލައިސަންސް ދިނުމަށް ހުށަހަޅައިފި

ޢުމުރުން 16 އަހަރު ފުރުމުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދެވޭގޮތަށް ބަދަލު ގެނައުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށައަޅުއްވައިފިއެވެ. އޭނާ މި އިޞްލާހު ހުށައެޅުއްވީ ޢުމުރުން 18 އަހަރު ނުފުރޭ ކުދިން އެއްގަމު އުޅަނދު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާއަށް ލުއި ދިނުމާއި ގުޅޭގޮތުން އިއްޔެ މަޖިލީހުގެ ޤަވާއިދު ކޮމިޓީން ކުރިއަށްގެންދިޔަ ބައްދަލުވުމުގައެވެ.

2016 ވަނަ އަހަރާއި ހަމައަށް ޢުމުރުން 18 ނުފުރޭ ކުދިން އެއްގަމު އުޅަނދު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ވަނީ މަޢާފުކޮށްފީފައެވެ. ނަމަވެސް އެ މުއްދަތުން ފެށިގެން މިއަހަރުގެ މިހާތަަނށް ގިނަ ޢަދަދެއްގެ ކުދިން ލައިސަންސް ނެތި އުޅަނދު ދުއްވައިގެން ޖޫރިމަނާކޮށްފައިވާއިރު އެ ޢަދަދު 136 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.

ރޭ ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނަޒީލް ވިދާޅުވީ، ޢުމުރުން 18 އަހަރު ނުވަނީ އެއްގަމު އުޅަނދު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާގެ ސަބަބުން، ޤާނޫނީގޮތުން ކުިރަންޖެހޭ ވަރަށް ގިނަ ކަންކަމަށް އެކުދިންނަށް ހުރަސްއެޅޭކަމަށެވެ. ނަޒީލްް ވިދާޅުވީ، ފުލުހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ޢުމުރުން 14 އަހަރާއި 17 އަހަރާއި ދެމެދުގެ ގިނަ ކުދިންތަކެއް އެ ޖޫރިމަނާވެފައި އެބަތިބިކަަމށެވެ. ނަމަވެސް އެކުދިންނަށް ލުއި ގޮތްތަކެއް ހޯދައިދޭން ޖެހޭކަމަށާއި، އެހެންކަމުން ޢުމުރުން 16 އަހަރު ފުރުމުން ލައިސަންސް ނެޣޭގޮތަށް އިޞްލާހެއް ކޮމިޓިއަށް ހުށައަޅާފައިވާކަމަށެވެ.

ނާޒިލް ވިދާޅުވީ 16 އަހަރުވުމުން ލައިސަންސް ދޭނީ އެކުއްޖާގެ ބެލެނިވެރިގެ ބެލުމުގެ ދަށުންކަމަށާއި އަދި އެކުއްޖާގެ ޢުމުރުން 18 އަހަރު ފުރޭއިރު އެއްވެސް ކުށެއް ކޮށްފައިނުވާނަމަ އެ ލައިސަންސަކީ ދާއިމީ ލައިސަންސަކަށް ބަދަލުވާނެގޮތަށް އޭނާ ހުށައެޅުއްވި ހުށައެޅުމުގައި ވާނެކަަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *