ގުޅިފަޅުން 1200 ގޯތި ދޫކުރަނީ

ގުޅިފަޅުން 1200 ގޯތި ދޫކުރަނީ

ގުޅިފަޅުން 1200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް ވިދާޅުވީ މާލޭ ސަރަހައްދުން ގޯތި ދޫކުރުމުގެ އިތުރު މަޝްރޫއުތައް ވެސް ރޭވިފައި އެބަހުރި ކަމަށާއި އެހެންނަމަވެސް މަޝްރޫއު ކުރިއަށް ގެންދާނެ ގޮތްތައް ކަނޑައެޅިފައިނުވާތީ ތަފްސީލް އަދި ދެވެން ނެތް ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މާލެއަށް ނިސްބަތްވާ ބައެއް މީހުން ސަރުކާރުގައި ތަކުރާރުކޮށް އެދުމުން ދިއުމާ ގުޅިގެން މިސަރުކާރުން ވަނީ ގުޅިފަޅުގެ ބިމުގެ އެއް ބައި ގޯތި ދޫކުރުމަށް ހާއްސަކުރާނެ ކަމަށް ކުރިން ބުނެފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *