ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް 147 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން މިރޭ ހާމަކުރި މަޢުލޫމާތުން ހާމަވެއްޖެއެވެ.
އެ މަޢުލޫމާތުގައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 65 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. 69 މީހުން އަތޮޅުތެރޭގެ މީހުން އުޅޭ ރަށްތަކުން ޕޮޒިޓިވް ވެފައިވާއިރު ރިސޯޓް ތަކުން 10 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި ތަރައްޤީ ކުރާ ރަށްތަކުން އެކަކު، އިންޑަސްޓްރިއަލް ރަށްތަކުން 2 މީހުން ޕޮޒިޓިވް ވެފައިވެއެވެ.
މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް އަށް ޕޮޒިޓިވް މީހުންގެ ޢަދަދުވަނީ 23,671 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ 2،759 މީހުން ތިބިއިރު 20،839 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.
މިވަގުތު ވެސް ހޮސްޕިޓަލު ތަކުގައި އެޑްމިޓްކޮށް 93 މީހަކަށް ފަރުވާ ދެމުންދާއިރު ކޮވިޑް ޖެހިގެން ރާއްޖެއިން 66 މީހުން މަރުވެފައިވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،472 ކޮވިޑް ސާމްޕަލް ޓެސްޓް ކޮށްފައިިވާއިރު މިހާތަނަށް ޖުމްލަ 643،952 ކޮވިޑް ސާމްޕަލް ޓެސްޓް ކޮށްފައިވެއެވެ.

