މިއަދު ކޮވިޑް އަށް ޕޮޒިޓިވް ވީ 162 މީހުން

މިއަދު ކޮވިޑް އަށް ޕޮޒިޓިވް ވީ 162 މީހުން

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް 162 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން މިރޭ ހާމަކުރި މަޢުލޫމާތުން ހާމަވެއްޖެއެވެ.

އެ މަޢުލޫމާތުގައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 99 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. 45 މީހުން އަތޮޅުތެރޭގެ މީހުން އުޅޭ ރަށްތަކުން ޕޮޒިޓިވް ވެފައިވާއިރު 15 މީހުން ރިސޯޓް ތަކުން ޕޮޒިޓިވް ވެފައިވެއެވެ. ސަފާރީތަކުން 2 މީހަކު އަދި އިންޑަސްޓްރިއަލް ރަށްތަކުން އެކަކު ޕޮޒިޓިވް ވެފައިވެއެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް އަށް ޕޮޒިޓިވް މީހުންގެ ޢަދަދުވަނީ 23,091 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ 2،579 މީހުން ތިބިއިރު 20،439 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލު ތަކުގައި އެޑްމިޓްކޮށް 103 މީހަކަށް ފަރުވާ ދެމުންދާއިރު ކޮވިޑް ޖެހިގެން ރާއްޖެއިން 66 މީހުން މަރުވެފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި4،318 ކޮވިޑް ސާމްޕަލް ޓެސްޓް ކޮށްފައިިވާއިރު މިހާތަނަށް ޖުމްލަ 627،306 ކޮވިޑް ސާމްޕަލް ޓެސްޓް ކޮށްފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *