ނައިފަރު

ނައިފަރުން މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް

ނައިފަރުން މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިން އަށް

ޅ.ނައިފަރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންއަށް ލައިފިއެވެ. ނައިފަރުން ޕޮޒިޓިވްވެފައިވަނީ ރ.އުނގޫފާރަށް ދަތުރުކޮށްފައިވާ މީހެކެވެ. އެޗްޕީއޭއިން ވަނީ އުނގޫފާރަށް މިމަހުގެ 2 ގެ ފަހުން ދަތުރުކޮށްފައިވާ މީހެއްވާނަމަ ކަރަންޓީންވުމަށް އަންގާފައެވެ. އަދި އެފަދަ ފަރާތެއްވާނަމަ ސއްޙީ ޚިދުމަތްދޭ ތަނަކަށް ވީހާވެސް އަވަޖަށް އެންމެގުމަށް އެދިފައެވެ.

ނައިފަރުން ޕޮޒިޓިވްވި މީހާއާއި ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނައިފަރު ކައުންސިލުން ބުންޏެވެ.

ނައިފަރުން ޕޮޒިޓިވް ވެފައިވަނީ އެރަށު ހޮސްޕިޓަލުގައި މަސައްކަތްކުރާ މީހެވެ. އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 20 މީހަކު  ވަނީ ދެނެގަނެވިފައެވެ. އަދި އުނގޫފާރަށް ދަތުރުކުރި 60 މީހަކު ވަނީ ކަރަންޓިން ކުރެވިފައެވެ

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *