ކޮވިޑް އަށް މިއަދު ޕޮޒިޓިވް ވީ 140 މީހުން

ކޮވިޑް އަށް މިއަދު ޕޮޒިޓިވް ވީ 140 މީހުން

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް 140 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން މިރޭ ހާމަކުރި މަޢުލޫމާތުން ހާމަވެއްޖެއެވެ.

އެ މަޢުލޫމާތުގައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 102 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. 17 މީހުން އަތޮޅުތެރޭގެ މީހުން އުޅޭ ރަށްތަކުން ޕޮޒިޓިވް ވެފައިވާއިރު 14 މީހުން ރިސޯޓް ތަކުން ޕޮޒިޓިވް ވެފައިވެއެވެ. އަދި އެކަކު ތަރައްގީ ކުރަމުންދާ ރަށަކުން ޕޮޒިޓިވް ވެފައިވާއިރު 6 މީހުން ޕޮޒިޓިވް ވެފައިވަނީ ސަފާރީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް އަށް ޕޮޒިޓިވް މީހުންގެ ޢަދަދުވަނީ 22,513 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ 2،436 މީހުން ތިބިއިރު 20،004 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލު ތަކުގައި އެޑްމިޓްކޮށް 95 މީހަކަށް ފަރުވާ ދެމުންދާއިރު ކޮވިޑް ޖެހިގެން ރާއްޖެއިން 66 މީހުން މަރުވެފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި4،397 ކޮވިޑް ސާމްޕަލް ޓެސްޓް ކޮށްފައިިވާއިރު މިހާތަނަށް ޖުމްލަ 608،513 ކޮވިޑް ސާމްޕަލް ޓެސްޓް ކޮށްފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *