ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭ ގަނޑިއަށް ބަދަލުގެ ގެނެސްފި

ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭ ގަނޑިއަށް ބަދަލުގެ ގެނެސްފި

މާލެ ސަރަހައްދުގެ ސައި ހޮޓާ ރެސްޓޯރެންޓާއި ކެފޭގެ އިތުރަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވައިގެން ޚިދުމަތް ދެވޭ ވަގުތަށް ބަދަލު ގެނެސް ލުއިތަކެއް އެޗްޕީއޭ އިން ދީފިއެވެ. މިބަދަލު ގެނެސްފައިވަނީ އެތަންތަނުގެ ވެރިން މަސައްކަތް ހުއްޓާލުމަށްފަހު މުޒާހަރާ ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ރޭގަނޑުގެ 10.30 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި އެ އެންގުމުގައި ބުނެފައިވަނީ މި ފިޔަވަޅުތަކަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށެވެ.

ރޭގައި އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގެ ސައިހޮޓާ ރެސްޓޯރަންޓް ފަތިހު 4:30 އިން ރޭގަނޑު 8:00 އަށް ޚިދުމަތް ދޭވޭ އުސޫލު ހަފްތާއަކަށްވެސް ދަންމާލާފައެވެ. ނަމަވެސް ކުއްލިައަކަށް މިއަދު ގެންނެވި މިބަދަލާއިއެކު މާލެ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓުތަައް ބަންދު ކުރާނެ ވަގުތު ވަނީ 10:30 އަށް ކަޑައަޅާފައެވެ.

އިއްޔެ ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި ކުރީގެ ރައީސް ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް، އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ގެއްލުންވަމުންދާ ކަމަށާއި އެ ފިޔަވަޅުތައް އުވާލުމަށް ގޮވާލައްވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *