ގުރައިދޫގައި ގާއިމްކޮށްފައިވާ އައިސްޕްލާންޓް ވިއްކާލަނީ

ގުރައިދޫގައި ގާއިމްކޮށްފައިވާ އައިސްޕްލާންޓް ވިއްކާލަނީ

ގުރައިދޫގައި މިނިސްޓްރީ އޮފް ފިޝަރީޒް އިން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ވިއްކާލުމަށް އެމިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިއައިސްޕްލާންޓަކީ2005 ވަނަ އަހަރު އެމިނިސްޓްރީން ހިންގި ސަޕޯޓް އިންފުރާސްޓްރަކްޗަރ ފޯ ދަ ފިޝަރީޒް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި ޤާއިމްކޮށްފައިވާ އައިސްޕްލާންޓެކެވެ. މިއައިސްޕްލާންޓަކީ50 ޓަނުގެ އައިސް އުފައްދައި ރައްކާކުރެވޭ ސްޓޯރޭޖް ފެސިލިޓީއެއް ހުންނަ އައިސް ޕްލާންޓެއްކަމަށްވެސް އެމިނިސްޓްރީން މިއަދު ކުރި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި އައިސްޕްލާންޓާ ބެހޭގޮތުން އިތުރުމަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 24 މާރިޗް 2021 ވާ ބުދަ ދުވަހު އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުމަށް އެދިފައިވެއެވެ.

މި ބައްދަލުވުމުގައި މި އައިސްޕްލާންޓާއި ގުޅޭ އިތުރު މަޢުލޫމާތާއި، އަދި މި އައިސްޕްލާންޓު ބަލަންބޭނުންވާ ފަރާތްތަކަށް އެއިންތިޒާމް ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މި އައިސްޕުލާންޓު ގަތުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 12 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެކުރިން އެމިނިސްޓްރީއަށް ޕްރަޕޯސަލް ހުށަހެޅުއްވުމަށް އިއުލާނުގައިވެއެވެ.

މިއައިސްޕްލާންޓު ވިއްކާލުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ 5,113,929.21ރ (ފަސްމިލިއަން އެއްލައްކަ ތޭރަހާސް ނުވަސަތޭކަ އޮނަތިރީސް ރުފިޔާ އެކާވީސް ލާރި) އަށެވެ. އައިސްޕްލާންޓް ގަންނަ ފަރާތުން ހަމަޖެހިފައިވާ އުޞޫލުން އައިސްޕްލާންޓް ބިމުގެ ކުލި، ތ. ގުރައިދޫ ކައުންސިލަށް ދައްކަންޖެހޭނެކަމަށްވެސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *