ފުލުުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

ފުލުުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް އާންމުންގެ އެހީއަށް ފުލުހުން އެދެފިއެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

  • މާރިޗު 12 ވަނަ ދުވަހު ވިލިނގިލި ފެރީ ޓާމިނަލް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ސްމާޓް ގަޑިއަކާއި، ވަޔަލެސް ކޯލަރ 10 ސުވިޗް. އިންސިޑެންޓް ނަންބަރު 481411
  • މާރިޗު 13 ވަނަ ދުވަހު ހީނާ ގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދޮރުގައި ހަރުކުރާ 10 ތަޅާއި، ނުވަ ސްވިޗް. އިންސިޑެންޓް ނަންބަރު 481440
  • މާރިޗު 13 ވަނަ ދުވަހު ހަނދުވަރުދޭ ގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ އެލްޖީ ބްރޭންޑްގެ އޭސީ އައުޑް ޑޯ ޔުނިޓެއް. އިންސިޑެންޓް ނަންބަރު 481486
  • މާރިޗު 14 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ލަވްބަރޑަކާއި ރިންގްނެކެއް. އިންސިޑެންޓް ނަންބަރު 481518
  • މާރިޗު 14 ވަނަ ދުވަހު ޖަމާލުއްދީން ސްކޫލް ކައިރިން ޓެކްސީއެއްގައި ބޭއްވިފައި އޮތް ހެލްމެޓެއް. އިންސިޑެންޓް ނަންބަރު 481532
  • މާރިޗު 14 ވަނަ ދުވަހު އަމީރު އަހުމަދު މަގުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 15 ރުފިޔާ. އިންސިޑެންޓް ނަންބަރު 481519

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވައި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދިފައިވެއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *