މާފުށި ޖަލަށް އެތެރެ ކުރަން އުޅުނު ފޯނުތަކެއް ހޯދައިފި

މާފުށި ޖަލަށް އެތެރެ ކުރަން އުޅުނު ފޯނުތަކެއް ހޯދައިފި

މާފުށި ޖަލަށް އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ މޯބައިލް ފޯނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެ ތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް އަދި މާފުށި ޕްރިޒަން ގުޅިގެން ހިންގި އޮޕަރޭޝަނެއަގައެވެ.

މި މާރިޗު މަހުގެ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، މާފުށި ޖަލު ހިމެނޭ ސަރަހައްދު ބަަލައި ފާސްކުރިއިރު 15 މޯބައިލް ފޯނާއި، ހަތަރު ޔޫއެސްބީ ކޭބަލްގެ އިތުރުން ޗާޖަރެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ މާފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *