ތިނަދޫގައި މާދަމާއިންފެށިގެން ވެކްސިން ޖެހުން ހުއްޓާލަނީ

ތިނަދޫގައި މާދަމާއިންފެށިގެން ވެކްސިން ޖެހުން ހުއްޓާލަނީ

ކޮވިޑް-19 އިން ދިފާޢުވުމުގެ ގޮތުން ތިނަދޫ ކޮވިޑް ފެސިލިޓީގައި ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމް މާދަމާއިން ފެށިގެން މެދުކަނޑާލަން ނިންމައިފިއެވެ.

ވެކްސިން ޖެހުން ވަގުތީގޮތުން މެދުކަނޑާލާކަން އަންގާފައިވަނީ ތިނަދޫގައި ހުންނަ ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ހިންގާ ފޭސްބުކް ޕޭޖްގައި އާންމު ކޮށްފައިވާ ޕޯސްޓަކުންނެވެ.

ވެކްސިން ޖެހުން މެދުކަނޑާލާ ކަން އެޕޯސްޓްގައި ބުނެފައިވިޔަސް ވެކްސިން ޖެހުން މެދުކަނޑާލާ ސަބަބެއް އަދި އެހޮސްޕިޓަލް އިން ހާމަކޮށްފައި ނުވެއެވެ.

ވެކްސިން ޖަހައިދިނުން އަލުން ފަށާން ތާރީޚެއް އިއުލާން ކުރެވޭނެ ކަމަށްވެސް އެހޮސްޕިޓަލްއިން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *