މާރާމާރިއަކާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފި

މާރާމާރިއަކާއި ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފި

އައްޑޫ ސިޓީ ފޭދޫގައި ބުރާސްފަތި ދުވަހު ހިނގި މާރާމާރި އާ ގުލިގެން ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެެއްގެ އިތުރުން 32 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް އަދި 18 އަހަރުގެ މީހެއް ކަމަށެވެ.

ފޭދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ހިންގި މާރާމާރީގައި ހަތް މީހަކަށް ވަނީ އަނިޔާ ވެފަ އެވެ.

ދެ ގުރޫޕެއްގެ ދެމެދުގައި ހިިނގި އެ މާރާމާރި އާ ގުޅިގެން ބައެއް މީހުންނަށް ފޭދޫ ސިއްހީ މަރުކަޒުގައި އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ.

އެ މާރާމާރީގެ މައްސަލަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *