ލޮހިން ތިން މީހަކު ކޮވިޑަށް ފައްސިވެއްޖެ

ލޮހިން ތިން މީހަކު ކޮވިޑަށް ފައްސިވެއްޖެ

ނ. ޅޮހިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑަށް ފައްސިވެފައިވަނީ އެރަށު ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ކަމަށާއި އެމީހުން ޕޮޒިޓިވް ވެފައިވަނީ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލުން ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

ނަމަވެސް އެ ތިން މީހުންނާ ކޮންޓެކްޓުވި އިތުރު ބައެއްގެ ސާމްޕަލް ނެގުމުން އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ތިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ކައުންސިލްގެ އޮފިޝަލު ވިދާޅުވީ އެ ތިން މީހުންނަކީ ކަރަންޓީނުގައި ތިބި ބައެއް ނޫން ކަމަށާއި އެހެންކަމުން ކޮންޓެކްޓް ޓްރޭސިން ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ކަމަށެވެ.

"އިއްޔެ ޕޮޒިޓިވްވި ތިން މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާއާ ބައްދަލުކުރަން ކަރަންޓީން އުސޫލާ ހިލާފަށް ދިޔަ ތިން މީހުން މިއަދު ޕޮޒިޓިވްވެފައި ވަނީ،" ކައުންސިލް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި ތިން މީހުންގެ ކޮންޓެކްޓުން ހަ ގެއެއްގައި ތިބި އިރު، މިއަދު ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *