އައްޑޫ ސިޓީ ހުޅުމީދޫން ފުރައިގެން ހުވަދުއަތޮޅަށް ކަފު ޖަހައިގެން ދަތުރު ކުރަމުން ދަނިކޮށް ރޭގެ ވަގުތެއްގައި ގެއްލިގެން ހޯދަމުންދިޔަ "ވީނާ" ދޯނި ފެނިއްޖެއެވެ.
މިދޯނި ހޯދާފައިވަނީ އައްޑޫ ސިޓީ ހުޅަނގުން40 ވަރަކަށް ނޯޓިކަލް މޭކު ބޭރުން ކަމަށާއި ދޯނި ފެނިފައި ވަނީ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ވައިގެ މަގުން ހޯދަމުން ދަނިކޮށް މިއަދު ހެނދުނު8:45 ހާއިރުގައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އަދި މިހާރު ދޯނި ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑް ލޯންޗު އެސަރަހައްދަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެދޯނި ގެއްލުނީ އައްޑޫ ސިޓީއިން ހުވަދު އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
ދޯނި ފެނިފައިވާ ސަރަހައްދު:


