ސަނަދެއްގެ ބޭނުމުގައި އެކަނި މަތީ ތައުލީމް ހާސިލްނުކުރަން މިނިސްޓަރު އިލްތިމާސްކުރައްވައިފި

ސަނަދެއްގެ ބޭނުމުގައި އެކަނި މަތީ ތައުލީމް ހާސިލްނުކުރަން މިނިސްޓަރު އިލްތިމާސްކުރައްވައިފި

ހަމައެކަނި ސަނަދެއް ހޯދުމުގެ ބޭނުމުގައި އެކަނި މަތީ ތައުލީމް ހާސިލްނުކުރަން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، ދިވެހި ދަރިވަރުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.

މި ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގެ ފުރުސަތު 10،000 ދަރިވަރަކަށް ފަހިކޮށްދިނުމުގެ ކާމިޔާބު ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެހެން ގައުމުތަކާ އެއްވަރަށް ފައި ހަމަކުރެވޭނީ ތައުލީމު އުނގެނި، މަސައްކަތާއި ހުނަރު ވެސް ދަސްކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިމާވާ ކާރިސާތަކުން އަރައިގަނެވޭނީ ވެސް އެކަންކަމާ ކުރިމަތިލާން ކެރޭ ބަޔަކު ތިބެގެންނެވެ. އެހެންވެ، ސެޓްފިކެޓެއް އެކަނި ހޯދަން ތައުލީމް ހާސިލްނުކުރަން އިލްތިމާސްކުރެއްވި އެވެ.

"ތައުލީމު ހޯދުމަކީ ހަމައެކަނި ސަނަދެއް ހޯދުމުގެ ބޭނުމުގެ ބަދަލުގައި އުނގެނުމަށް ލޯބިކުރާ ފޭސްއެއް ކަމަށް ދެކިގެން މަސައްކަތްކުރަން ހުރިހާ ދަރިވަރުންނަށް ވެސް އަޅުގަނޑު އިލްތިމާސްކުރަން،" ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އިބްރާހިމް ހަސަން ވިދާޅުވި އެވެ.

މިނިސްޓަރުގެ މި ވާހަކަ މިއައީ ބައެއް ދަރިވަރުން ކިޔަވާ ހިތް ނުވިޔަސް ހަމައެކަނި ސެޓްފިކެޓްގެ ބޭނުމުގައި ކޯސްތަކުގައި ބައިވެރިވާކަމުގެ ކަންބޮޑުވުން، ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ފާޅުކުރަމުން އަންނަ ދުވަަސްވަރެއްގަ އެވެ. އަދި ކިޔަވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި އުޅުމާއި ކިޔެވުމަށް ފަހު އެއްވެސް ވަޒީފާއެއް އަދާނުކުރާ ދަރިވަރުން ވެސް އުޅޭތީ، އެއީ ގައުމީ މައްސަލައެއް ކަމަށް، ބައެއް ފަރާތްތަކުން ބުނެ އެވެ.

އިބްރާހިމް ހަސަން ވިދާޅުވީ ކޮވިޑު-19 ގައި ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެގެން ދިޔަސް ހިލޭ ޑިގްރީއަށް ކިޔަވަން ސަރުކާރުން ހިންގާ ޕްރޮގްރާމަށް އެއްވެސް ލޮޅުމެއް ނައިސް ކުރިއަށް ގޮސްފައިވާ ކަމަށެވެ. އެކަމުން ވެސް ތައުލީމީ ޒުވާނުންތަކެއް އުފައްދަން ސަރުކާރުން ސަމާލުކަން ދޭ މިންވަރު ހާމަވާކަން އޭނާ ފާހަގަކުރެއްވި އެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *