އައްޑޫ ސިޓީ ހުޅުމީދޫން ފުރައިގެން ހުވަދުއަތޮޅަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް ގެއްލިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ "ސަންޓާނާ" ނަމަކަށް ކިޔާ ދޯންޏެއްގައި ކަފުގައި އޮތް "ވީނަސް" ކިޔާ ދޯންޏެއް ކަމަށެވެ. އެދޯނި ގެއްލުނީ ކަފު ޖަހަން ބޭނުންކޮށްފައި އޮތް ވާ ކަނޑައިގެން ގޮސްގެންނެވެ. ދޯނި ގެއްލުނުއިރު ދޯނީގައި އެއްވެސް މީހަކު ނެތެވެ.
"އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރޮމް އިން ފަށައިފި. މިހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 22:15 ހާއިރު." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ…

