މައުމޫން އިދިކޮޅާ ގުޅިވަޑައިގަތުމަށް ނިންމަވާފައެއް ނުވޭ: ޔުމްނާ

މައުމޫން އިދިކޮޅާ ގުޅިވަޑައިގަތުމަށް ނިންމަވާފައެއް ނުވޭ: ޔުމްނާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ ޕީއެންސީ ކޯލިޝަނާއި ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވާހަކަތައް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ދޮގު ކުރައްވައިފި އެވެ.

އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތުމަށް ރައީސް މައުމޫން ނިންމަވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ގެނެސްފައިވާ ހަބަރުތަކަށް ރައްދު ދެއްވަމުން، ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން އުފައްދަވާފައިވާ ޕާޓީ، އެމްއާރްއެމް، އިން އެފަދަ ނިންމެވުމެއް ނިންމާފައި ނުވާ ކަމަށެވެ. އަދި މިފަދަ ކަމަކަށް މަޝްވަރާ ވެސް ކޮށްފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައީސް މައުމޫން މީގެ ކުރިން ހުންނެވީ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި އެކު ޕީޕީއެމްގަ އެވެ. ނަމަވެސް އެ ދެބޭފުޅުންގެ މެދުގައި ސިޔާސީ ދެބަސްވުުންތަކެއް އުފެދި ޕީޕީއެމް ދެ ފެކްޝަނަކަށް ބައި ވެގެން ދިޔައެވެ. އެގޮތުން ރައީސް މައުމޫނަށް ތާއީދު ކުރެއްވި ބޭފުޅުން ވަނީ އެމްއާރްއެމް އުފައްދައި އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

އޭގެ ފަހުން ރައީސް މައުމޫން ވަނީ މި ސަރުކާރު ގެނައުމަށް އުފެދުނު ކޯލިޝަންގައި ބައިވެރިވެވަޑައިގެން ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއްވެސް ކުރައްވާފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *