ކޮވިޑް-19ގެ ޓެސްޓް ކިޓުތަކެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ އެއް ހުށަހަޅައިފި އެވެ.
ކޮވިޑް ޓެސްޓް ކިޓުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަން އެ ކޮމިޝަނުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ. ބަލަމުންގެންދަނީ ކޮންމައްސަލައެއްކަން އަދި އެކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، އޭސީސީއަށް ހުށަހަޅާފައިވަނީ މެޑިކުއިޕް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ސަރުކާރު ހިއްސާވާ ކުންފުންޏަކުން ރާއްޖެ ގެނައި ޓެސްޓް ކިޓް ތަކާއި ގުޅޭ މައްސަލައެކެވެ.
އާބާދީގެ ނިސްބަތުން ޓެސްޓު ކުރެވޭ އަދަދު ރާއްޖޭގައި ގިނަވީމަ ޓެސްޓު ކިޓު އިތުރަށް ލިބުމަށް އުނދަގޫވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

