މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖު މަތީގައި 4 ކާރަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ބުރިޖުގައި ހަތަރު ކާރާއި ޕިކަޕެއްޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:14 ގައި ލިބިފައިވާ ކަމަށެވެ.
ނުރައްކާތެރި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މިއެކްސްިޑެން ހިނގަން މެދުވެރިވި ސަބައެއް އަދި ހާމަކޮށްފައެއްނުވެއެވެ.

