ވިލިނގިލި ފަޅުތެރޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް

ވިލިނގިލި ފަޅުތެރޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް

ގއ. ވިލިނގިލީ ފަޅުތެރޭގައި ލޯންޗަކާއި ދޯންޏެއްޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާ އަށް އިންޑިއާއަށް ގެންގޮސްފި އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ވިލިނގިލީ ފަަޅުތެރޭގައި ކޫއްޑޫން ވިލިނގިއްޔަށް ދަތުރު ކުރި ލޯންޗަކާއި ވިލިނގިލިން މަހަށް ފުރި ދޯންޏެއް ޖެހި ހިނގާދިޔަ އެކްސިޑެންޓުގައި ދޯނީގައި ތިބި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބުނުއިރު ހާލު ސީރިއަސްވީ ލޯންޗުގެ ކެޕްޓަން މުހައްމަދު ޖަޒްލާން ޖާވިދަށެވެ.

މިއެކްސިޑެންޓުގައި ޖަޒްލާންގެ ވައަތު ލޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު މޫނު މަތިން ބޮޑުތަނެއް ވަނީ ކަފައިގެން ގޮސްފަ އެވެ.

ޖަޒްލާންގެ އާއިލާގެ މެމްބަރަކު މައުލޫމާތު ދެމުން ބުނީ އިތުރު ފަރުވާއަށް ޖަޒްލާން އިއްޔެގެ ވަގުތެއްގައި އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ލޮލަށް ލިބުނު ގެއްލުން ފިޔަވާ އިތުރު ސީރިއަސް އަނިޔާތަކެއް ލިބިފައި ނެތް ކަމަށް ބުންޏެވެ.

އެކްސިޑެންޓުގައި ދޯނީގައި ތިބި މީހުންގެ ތެރެއިން އެކަކުގެ އަތް ބިންދައިގެން ދިއުމުގެ ސަބަބުން ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ފަރުވާދީފަ އެވެ. އަދި އަނެއް ދެ މީހުން ވެސް ވަނީ ފަރުވާއަށްފަހު އެ ރޭ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *