ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާމަރުކަޒުތަކަށް އޮފިޝަލުން ހޯދަން އިއުލާންކޮށްފިއެވެ.
2021 އޭޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު 2020 އެވެ.
އަދި މީގެ ކުރިން މި އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ހުޝަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމް ހުޝަހަޅަން ނުޖެހޭނެ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އިލެކްޝަން ކޮމިޝަންގެ އިއުލާނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އޮފިޝަލަކަށްވުމަސް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު އިލެކްޝަން ކޮމިޝަންއަށް މެއިލްކުރެއްވުމަށް އެދިފައިވެއެވެ. އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާ ފޯމް އިލެކްޝަން ކޮމިޝަންގެ ރަސްމީ ވެބްސައިޓުންނާއި އެރަށެއްގެ ރަށު ކައުންސިލް، އަތޮޅުކައުންސިލް އަދި ސިޓީ ކައުންސިލް ތަކުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ހަމަޖެހިފައިވާ ތާރީހަށްވުރެ ލަސްވެފައިވަނީ ދުނިޔޭގައި މިވަގުތު އެންމެ ބޮޑަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުންނެވެ. އަދި މިހާރު ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް 10 ވާ ހޮނިހިރު ދުވަހުގައެވެ.

