ސެންޓާ އެންޓަޕްރައިސަސް އަށް 138.9 މިލިޔަން ރުފިޔާ ދައްކަން ކުރި ހުކުމް ބާތިލްކޮށްފި

ސެންޓާ އެންޓަޕްރައިސަސް އަށް 138.9 މިލިޔަން ރުފިޔާ ދައްކަން ކުރި ހުކުމް ބާތިލްކޮށްފި

އެމްޕީއެލްއިން ސެންޓާ އެންޑާޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ބަންނަން އުޅުނު ޓަގް ބޯޓުގެ މައްސަލައިގައި، އެމްޕީއެލްއިން ސެންޓާ އެންޓަޕްރައިސަސް އަށް 138.9 މިލިޔަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.

މި މައްސަލައަކީ ސެންޓާ އެންޓާ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމްޕީއެލްގެ ނަމުގައި ކ.ތިލަފުށީގައި ޓަގް ބޯޓެއް ބަނދެ ސަޕްލައި ކުުރުމުގެ ގޮތުން ފޯރުކޮށްދިން ހިދުމަތާއި، އެ ޓަގުގެ 60 އިންސައްތަ މަސައްކަތް ކޮމްޕްލީޓް ކުރުމާއެކު އެކަމުގެ އަގަަށް ސެންޓާ އެންޓަޕަރައިސަސް އިން ހުށަހެޅި ފައިސާ ދައްކާފައިވަނީ މުއްދަތު ފަހަނަ އަޅައި ދިއުމުންކަމަށް ވާތީ، ފައިސާ ނުދައްކައި ވޭތުވި 1065 ދުވަހަށް އިންވޮއިސްގެ ޖުމުލަ އަދަދުގައި ބުނާ 13.7 މިލިޔަން ރުފިޔާގެ ދެ ޕަސެންޓާއި އެއްވަރުގެ ސާޗާޖެއްގެ ގޮތުގައި އެކު ޖުމުލަ 293.3 މިލިޔަން ރުފިޔާ ޕޯޓްސް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ބުނެފައިވަނީ ފައިސާ ނުދައްކައިގެން ދެ ޕަސެންޓް ޖޫރިމަނާ ކުރެވޭނެކަމަށް އެއްބަސް ވުމުގައި ބުނެފައިވާ މާއްދާ ކެންސަލް ކޮށްފައިވާ ކަމަށް އެމްޕީއެލްއިން ބުނެފައިވި ނަމަވެސް އެ މާއްދާ އަކީ ކެންސަލް ކުރެވިފައިވާ މާއްދާއެއްކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ފައިސާ ނުދައްކާ މުއްދަތުގެ ގޮތުގައި ސެންޓާ އެންޓަޕްރައިސަސްއިން 1065 ގޮތުގައި ހިމަނާފައިވީ ނަމަވެސް އެ ދުވަސްތަކުގެ އަދަދަކީ 1009 ދުވަސްކަމަށް އެގެން އޮންނަ ކަމަށާއި، އެހެންކަމުން ޖޫރިމަނާ ފައިސާ ހިސާބު ކުރަން ޖެހޭނީ އެ ދުވަސްތަކުން ކަމަށްވެސް ބުނެފައި ވެއެވެ.

މިފަދަ ޖޫރިމަނާ ނަގައި ދިނުމުގައި ޖޫރިސްޑިކްޝަންތަކުގައި، އިންވޮއިސްގައިވާ ޖުމްލަ ފައިސާ ދައްކައި ހަލާސްކޮށްފައި އޮތުމުން ޖޫރިމަނާގެ ފައިސާގެ އަދަދަށް ޖެހޭ 277.9 މިލިޔަން ރުފިޔާ ދެބައިކުޅަ އެއްބަޔަށް ކުޑަކުރުމުން 138.9 މިލިޔަން ރުފިޔާ އަކީ، ދައުވާ ލިބޭ ފަރާތުން ފައިސާ ދައްކައި ހަލާސްކުރުމާ ހަމައަށް ހިނގާފައިވާ 1009 ދުވަހުގެ ޖޫރިމަނާ ކަމުގައި ސިވިލްކޯޓުން ވަނީ ކަނޑައަޅައިފައެވެ.

އެފައިސާ ހަ މަސްދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ދަރަނި ހަލާސް ކުރުމަށް އެމްޕީއެލްއަށް، 26 ޑިސެމްބަރު 2016 ގައި ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެމައްސަލަ އެމްޕީއެލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، ސިވިލްކޯޓުގެ އެ ހުކުމް ބާތިލް ކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *