ފްލެޓް ނުލިބުނު މީހުން މަޖިލިސް ކައިރިއަށް އެއްވަނީ!

ފްލެޓް ނުލިބުނު މީހުން މަޖިލިސް ކައިރިއަށް އެއްވަނީ!

ހިޔާ ފްލެޓް ތަކާއި ބެހޭ ގޮތުން ސުވާލު ކުރެއްވުމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީގެ ރައީސް ތޯހާ މުހައްމަދު މަޖިލީހަށް ހާޒިރުކުރާ ވަގުތަށް ފްލެޓް ނުލިބުނު މީހުންގެ ދިފާޢުގައި މަސައްކަތްކުރާ ޖަމްއިއްޔާގެ މެންބަރުން ދާނެ ކަމަށް އެޖަމްއިއްޔާއިން ބުނެފިއެވެ.

އާންމުންގެ އެކުވެރި ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ މިނިސްޓަރ އަސްލަމާްއި ތޯހާ ހިޔާ ފްލެޓްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމުގައި މީގެ ކުރިންވެސް އިތުރުފުޅު ހައްދަވާފައިވާ ދެބޭފުޅުންކަމުގައި ވަނީ ބުނެފައެވެ.

"މި ދެބޭފުޅުން މާދަމާ އަނެއްކާވެސް ކޮމެޓީއަށް ހާޒިރު މިކުރެވެނީ ހިޔާ ފްލެޓާއި ބެހޭ ސުވާލުތައް ކުރުމަށެވެ. ކޮމެޓީ ބައްދަލުވުންތަކަށް އާންމުން އަދި މީޑިއާ ތަަކަށް ވަދެވޭނެއެވެ. ވީމާ މާދަމާގެ މި ސުވާލު/ޖަވާބު ސެޝަން އަޑުއެހުމަށް މި ޖަމްއިއްޔާގެ ފަރާތުން ވަނީ ދާން ނިންމާފައިއެވެ. އަޅުގަނޑުމެންގެ މެންބަރުންގެ ތެރެއިން އަސްލަމް އަދި ތޯހާ އާއި ކުރެވޭ ސުވާލާއި އެބޭފުޅުންގެ ޖަވާބު އަޑުއެއްސެވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުންވެސް މާދަމާ ރައްޔިތުންގެ މަޖިލިސް ކުރާ ގޭ ދޮށަށް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ." ބަޔާނުގައިވެއެވެ.

އަދި ޖަލްސާއަށް ވަޑައިގަންނަވާއިރު އެޗްޕީއޭ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރައްވާ އިޖްތިމާއީ ގައިދުރުކަން އިސްކުރެއްވުމަށާއި ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރި ފަރާތެއްނަމަ މަޖިލީހަށް ވަޑައިނުގަތުމަށްވެސް އެޖަމްއިއްޔާއިން އެދިފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލިސް ތެރޭގައި ތަނުގެ މުވައްޒަފުންދޭ އިރުޝާދު ތަކާއި އެއްގޮތަށް އަމަލު ބެހެއްޓުމަށްވެސް އެޖަމްއިޔާއިން އެދިފައިވެއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *