ރ އުނގޫފާރުގައި މަސްފެންގަޑަކަށް ވެއްޓުނު ކުޑަކުއްޖަކަށް އެރަށު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
އުނގޫފާރު ކައުންސިލުން މައުލޫމާތު ދޭގޮތުގައި އެހާދިސާ ހިގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 11:30 ގައި ކަމަށާއި އެކަން ހިގަން މެދުވެރިވި ވަކި ސަބަބެއް އަދި އެފަރާތަށް ސާފުވެފައިނުވާ ކަމަށެވެ. އަދި ފަރުވާދެމުން ދަނީ ދޮޅުއަހަރުގެ ކުއްޖެއް ކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި އެކުއްޖާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު 12:20 ހާއިރު ކަމަށާއި، ހޮސްޕިޓަލަށް ގެނައި އިރުގައިވެސް ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތްކަމަށް ބުނެފައިވެއެވެ.
އަދި އެންމެ ފުރަތަމަ ކުއްޖާއަށް އެމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށްފަހު އިތުރަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

