ގއ. ދެއްވަދޫ އަނެއްކާވެސް މޮނިޓަރިންގ އަށް

ގއ. ދެއްވަދޫ އަނެއްކާވެސް މޮނިޓަރިންގ އަށް

ގއ. ދެއްވަދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑް 19ގެ އަލާމާތްތައް ފެނިގެން ހެދި ޓެސްޓްގެ ނަތީޖާ ކޮވިޑް 19 އަށް ފައްސިވެފައިވާތީ އަނެެއްކާވެސް ދެއްވަދޫ މޮނިޓަރިންގ އަށްލައިފިއެވެ.

އެގޮތުން ފައްސިވެފައިވަނީ ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ކަމަށް އެރަށުން ވާހަކަދެއްކި ފަރާތުން މައުލޫމާތުދެއްވިއެވެ. ދެއްވަދޫ ސިއްޚީ މަރުކަޒުގެ އިސްއޮފިޝަލަކު ސުވަދީބް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަރަންޓީނުގައި ހުރިފަރާތާއި އެރަށުގެ ބަޔަކު ބައްދަލުކޮށްފައި ވާކަމަށެވެ.

ދެއްވަދޫ ދެވަނަފަހަރަށް މޮނިޓަރިންގ އަށްލާފައިވަނީ ކޮވިޑް19އާއި ގުޅިގެން ސިއްޚީގޮތުން އިތުރަށް ބަލަންޖެހޭ ކަންތައް ބެލުމަށެވެ. އަދި އެގޮތުން އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ މިރޭ 19:52 އިން ފެށިގެންނެވެ. އަދި މިރެއިން ފެށިގެން މިވަގުތު ދެއްވަދޫގައި ތިބިއެއްވެސް ފަރާތެއް އެޗްޕީއޭއިން ވަކިގޮތެެއް އަންގަންދެން ރަށުން ބޭރަށްދިއުމާއި ހުއްދަނެތި ރަށަށް އެރުންވަނީ މަނާކޮށްފައެެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *