ވިނަވި ޤުރުއާން ކްލާހުގެ ޤުރުއާން މުބާރާތް މިއަދު ފަށަނީ!

ވިނަވި ޤުރުއާން ކްލާހުގެ ޤުރުއާން މުބާރާތް މިއަދު ފަށަނީ!

ތިނަދޫ ވިނަވި ޤުރުއާން ކްލާހުގެ 2 ވަނަ އަހަރީ ޤުރުއާން މުބާރާތް މިއަދު ހަވީރު ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޤުރުއާން ކިލާހުން ބުނެފިއެވެ. މި މުބާރާތަކީ އެ ކްލާހުގައި ކިޔަވަމުން ގެންދާ ދަރިވަރުންގެ މެދުގައި ބާއްވާ މުބާރާތެކެވެ.

3 އަހަރުން ފެށިގެން 16 އަހަރާއި ދެމެދުގެ 9 ޢުމުރު ފުރައަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މުބާރާތުގައި އެ ކްލާހުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 60 ކުދިން ބައިވެރިވެފައި ވެއެވެ.

މި މުބާރާތުގެ ކިޔެވުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. މުޅިމުބާރާތުން އެއްވަނަ ދަރިވަރަކަށް =/5،000 ރުފިޔާ، ދެވަނަ ދަރިވަރަކަށް =/3،000 ރުފިޔާ އަދި ތިންވަނަ ދަރިވަރަކަށް =/2،000 ރުފިޔާގެ އިނާމެއް ޤުރުއާން ކްލާހުގެ ފަރާތުން ހުށަހަޅާފައި ވެއެވެ.

މި ޤުރުއާން ކްލާހަކީ 2018 ވަނައަހަރުން ފެށިގެން ތިނަދޫގައި ޤުރުއާން ކިޔަވައި ދެމުންގެންދާ ޤުރުއާން ކްލާހެކެވެ. ޤުރުއާން ކްލާހުގައި ކިޔަވައިދެމުން ގެންދަނީ ފަހުގެޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތިނަދުއަށް  ނިސްބަތްވާ ދިވެހި މުދައްރިސުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *