17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަނީ!

17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަނީ!

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަތާރަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙުޤޤު ކުރަން ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ބުނެފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ކޮވިޑު ފެތުރުން ކުޑަކުރުމަށްޓަކައި މާޗް 18 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރު ބަންދު ކުރަން ނިންމި ނަމަވެސް އެ މުއްދަތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ލިބޭނެ ގޮތަށް ހަމަޖެއްސެވި ކަމަށާއި އެކަމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނާއި ޖޭއެސްސީން ދެ ސާކިއުލާއެއް ވެސް ނެރުނު ކަމަށެވެ. ނަމަވެސް އެ ސާކިއުލާތަކާ ޚިލާފަށް 17 ފަނޑިޔާރަކު އަމަލުކޮށްފައިވާތީ ޖޭއެސްސީން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގައި އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ތަޙުޤީގު ކުރަން ނިންމާފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އަދި އެ މައްސަލަތައް ތަޙުޤީގުކުރާނެ ކޮމިޓީ މިދިޔަ މަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެކުލަވާލާފައިވާ ކަމަށް ވެސް ޖޭއެސްސީ ގެ އެބަޔާނުގައި ވެއެވެ.

ސުލޫކީ މައްސަލަ ބަލަން ނިންމި ފަނޑިޔާރުންނަކީ:

  • 1. ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއިލް
  • 2. ޑްރަގް ކޯޓުގެ ގާޒީ ހުސެއިން ޝަހާމަތު މާހިރު
  • 3. ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހުސެއިން އިބްރާހިމް
  • 4. ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަފީގު
  • 5. ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު އާމިރު
  • 6. މ. މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝަރީފު
  • 7. ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހުމަދު
  • 8. ކ. ގުޅި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހައްމާދު ނަސީމް އަލީ
  • 9. ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް މަޖީދު
  • 10. ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފު
  • 11. ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަންމަނިކު
  • 12. ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދު އަލީ
  • 13. ނ. ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝަރީފު
  • 14. ރ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ނަޒީރު މުހައްމަދު
  • 15. ރ. އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސޯދިގު
  • 16. ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ހަމީދު
  • 17. ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ޒާހިރު
ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *