ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދަކީ 108 ކަމަށް އެޗްޕީއޭއިން މިރޭ ހާމަކުރި މަޢުލޫމާތުން ހާމަވެއްޖެއެވެ. އެ މަޢުލޫމާތުގައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރެއިން 76 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. އަނެއް 12 މީހުން އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވް ވެފައިވާއިރު 20 މީހުން ޕޮޒިޓިވް ވެފައިވަނީ ރިސޯޓް ތަކުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް އަށް ޕޮޒިޓިވް މީހުންގެ ޢަދަދުވަނީ 19,038 އަށް އަރާފައިވާއިރު މިހާރު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ 2،429 މީހުން ތިބިއިރު 16،542 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލު ތަކުގައި އެޑްމިޓްކޮށް 167 މީހަކަށް ފަރުވާ ދެމުންދާއިރު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ 60 މީހުންނެވެ. އެއީ 52 ދިވެހިންނާއި 8 ބިދޭސީއެކެވެ.

