އިދިކޮޅު ކެންޑިޑޭޓުން ނަން ނެގުމުގައި ސަރުކާރުން ނުފޫޒު!

އިދިކޮޅު ކެންޑިޑޭޓުން ނަން ނެގުމުގައި ސަރުކާރުން ނުފޫޒު!

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނިކުތް ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވަނީ ސަރުކާރުގެ ވަރަށް ބޮޑު ނުފޫޒެއް އޮވެގެން ކަމަށް އެ ޕާޓީން ތުހުމަތު ކޮށްފި އެވެ.

ޕީޕީއެމްގެ އިންތިހާބާ ބެހޭ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީޕީއެމް ކޯލިޝަނުގެ ސްޕޯކްސްޕާސަން އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ މިހާތަނަށް ޕީޕީއެމްގެ 38 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށާ ބައެއް ކެންޑިޑޭޓުން ނަން ނެގީ ސަރުކާރުން ފައިސާގެ ނުފޫޒާއި ނާޖައިޒު އެ ނޫން މަންފާތައް ހޯދާދީގެން ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

"ބައެއް ބޭފުޅުން ނަން އަނބުރާ ގެންދަނީ ސަރުކާރުގެ ވަރަށް ބޮޑު ނުފޫޒަކާ އެއްކޮށް ކަމަށް އަޅުގަނޑުމެންނަށް މި މައުލޫމާތު ލިބެނީ. މީގެ ތެރޭގައި މިނިވަންކޮށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންނާއި އަޅުގަނޑުމެންގެ ބޭފުޅުންނަށްވެސް އެކި ގޮތްގޮތުން ޕްރެޝަރު ކުރުމާއި ފައިސާގެ ހުށައެޅުންތައް ހުށައެޅުމާއި މިފަދަ ކަންތައްތަކެއް ހިނގާކަމަށް މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭ،" ޚަލީލު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީޕީއެމް ކޯލިޝަނުގެ ކެމްޕެއިން މެނޭޖަރ އަދި މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުންނަށް އެކި ގޮތްގޮތުން ސަރުކާރުން އުނދަގޫ ކުރަމުންދާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުންވެސް އަމަލު ކުރަމުންދަނީ ކެންޑިޑޭޓުންގެ މެދުގައި ހަމަހަމަ ކަން ގެއްލޭ ގޮތަށް ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *