މިއަދު 161 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

މިއަދު 161 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

ކޮވިޑް އަށް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު ތިރިނުވެ މިއަދުވެސް ރާއްޖެއިން 161 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.  އެޗްޕީއޭއިން މިރޭ ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން ކޮވިޑް އަށް ޕޮޒިޓިވް މީހުންގެ ތެރެއިން 139 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. އަނެއް 4 މީހުން އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވް ވެފައިވާއިރު 17 މީހުން ޕޮޒިޓިވް ވެފައިވަނީ ރިސޯޓް ތަކުންނެވެ. އެކަކު ޕޮޒިޓިވް ވެފައިވަނީ ސަފާރީ އަކުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް އަށް ޕޮޒިޓިވް މީހުންގެ ޢަދަދުވަނީ 18,930 އަށް އަރާފަ އެވެ. މިހާރު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ 2،512 މީހުން ތިބިއިރު 16،351 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލު ތަކުގައި އެޑްމިޓްކޮށް 162 މީހަކަށް ފަރުވާ ދެމުންދާއިރު އޭގެތެރެއިން އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުން ގެނެދެވެއެވެ. އަދި އެކަކަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވވެފައިވަނީ 60 މީހުންނެވެ. އެއީ 52 ދިވެހިންނާއި 8 ބިދޭސީއެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *