ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓާސް ލިސްޓަށް 1700 އަށްވުރެއް ގިނަ ޝަކުވާ ހުށަހަޅައިފިއެވެ.
އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުން ލިސްޓް އާންމުކޮށް ޝަކުވާ ހުށައަޅަން ހުޅުވައިލި ފުރުސަތުގައި ވޯޓާސް ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ހުޅުވާލައިފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ މި މުއްދަތުގެ ތެރޭގައި ވޯޓާސް ރަޖިސްޓަރީ އަށް ޖުމަލަ 1758 ޝަކުވާއެއް އެކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
ކޮވިޑާ ގުޅިގެން އިންތިހާބު މިހާރު ބާއްވަންޖެހޭ ގޮތުން ގިނަ ހަރަދުތަކެއް އިތުރަށް ކުރަންޖެހޭ މި ފަހަރުގެ ލޯކަލް ކައުނސިލްތަކުގެ އިންތިޚާބަށް 44.9 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ލަފާކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ފުރަތަމަ އެދުނީ 71 މިލިއަން ރުފިޔާ އެވެ. ނަމަވެސް ލިބިފައިވަނީ 51 މިލިއަންކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ.

