އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް!

އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް!

އުތުރުތިލަފަޅު އެއްބަސްވުމުގެ ތަފްސީލު ހޯދަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހަޅައިފިއެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރު ތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިއްޔެއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝިޔާމް ވިދާޅުވީ ސިފަވަރުގައި ސިފައިންގެ ހާއްސަ ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުން ހާމަކުރަން ހުށަހެޅުއްވި އެއް ސަބަބަކީ އެ އެއްބަސްވުން އެކުލަަވައިލީ މަޖިލީހުގެ ރުހުން ނުހޯދައި އެކަން ކުރުމުން ކަމަށާއި ދެވަނަ ސަބަބަކީ އެބަނދަރު ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާ އިން ހުށަހެޅި އިރު އެގައުމުން ހުށަހެޅި ކަންތައްތަކުގެތެރޭގައި ރާއްޖޭގެ ގައުމީ މަސްލަހަތަށް ނުރަގަޅު ކަންތަށްތަކެއް އެ އެއްބަސްވުމުގައި އޭރު ޝަރުތު ކޮށްފައި އޮތުމުން ކަމަށެވެ. އެހެންކަމުން ސިފަވަރުގައި ސިފައިންގެ ހާއްސަ ބަނދަރެއް ތަރައްގީކުރުމަށް އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް އެނގެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި 51 މެމްބަރުންވަނީ އެ ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދީފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *