ފިލައިގެން އުޅުނު ސީލައިފް ގެ އަޙުމަދު މޫސާ ލަންކާއިން ހައްޔަރުކޮށްފި!

ފިލައިގެން އުޅުނު ސީލައިފް ގެ އަޙުމަދު މޫސާ ލަންކާއިން ހައްޔަރުކޮށްފި!

2019ވަނަ އަހަރު ހައްޔަރުކުރަން ރެޑްނޯޓިސް ނެރެފައިވާ ނެރެފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަޙުމަދު މޫސާ (އައްމަޓީ) އަވައްޓެރި ސްރީލަންކާއިން ހައްޔަރުކޮށްފިއެވެ. އަންމަޓީ ހައްޔަރު ކޮށްފައި މިވަނީ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު މަސައްކަތް ނުކޮށް ފިލައިގެން އުޅޭ މައްސަލައެއްގައި އޭނާ ހޯދަން ރެޑްނޯޓިސް ނެރެފައިވަނިކޮށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފައިވަނީ ފުލުހުން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައިވާ ވ. ތިނަދޫ / ރެޑް ހައުސް- އަހްމަދު މޫސާ މުހައްމަދު ހައްޔަރުކޮށްފައިވާކަން އިންޓަރޕޯލް އިން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން އިންޓަރޕޯލް އާއި ގުޅިގެން ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

އަހްމަދު މޫސާ ހައްޔަރުކުރަން ނެރުނު ނޯޓިސްގައިވާ ގޮތުން އޭނާ އަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތެވެ.

 2014 ވަނަ އަހަރު އެޗްޑީސީން އިއުލާނުކުރި މަޝްރޫއެއްގައި 3،000 ހައުސިން ޔުނިޓްގެ މަސައްކަތް ސީ ލައިފާ ހަވާލުކުރުމުން އެތަނުގައި އެއްވެސް އިމާރާތެއްނުކޮށް އެޕާޓްމަންޓްތަކުގެ ބުކިންފީއެއްގެ ގޮތުގައިކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އޮތީ ނަގައިފަ އެވެ. ސީ ލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *