މުޒާހަރާތަކާއި އެއްވުންތަކުގައި ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅާ އަނިޔާވާ ގޮތަށް އަމަލު ކުރާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ކުރިމަތީގައި ނޫސްވެރިން މުޒާހަރާކޮށް އަޑުއުފުލައިފި އެވެ.
ނޫސްވެރިންނަށް އަނިޔާ ނުކުރުމަށާއި ކުރިން ރާއްޖެޓީވީއަށް ހެދި ގޮތަށް ނުހެދުމަށް ބައެއް ނޫސްވެރިން ގޮވާލައި އަދި ޗެނަލް-13އަށް ފުރައްސާރަ ކުރުން ހުއްޓާލުމަށް ވެސް ގޮވާލި އެވެ. މުޒާހަރާ ކުރި ނޫސްވެރިން ތިބީ ބިއްލޫރި ޖެހިގެ ކުރިމަތީ މަޖީދީ މަގު ޕޭމަންޓް މަތީގައި ދުރުދުރުގައި ހުއްޓިގެންނެވެ.
މިއަދކުރި މުޒާހަރާގެ ބައިވެރިންނާ އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީއާއި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ބައްދަލު ކުރައްވައި ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ފައިވެއެވެ.

