ހުޅުމާލޭގައި މޫދަށް އެރި އުޅުނު ފިރިހެނަކު ގެނބިގެން ފަރުވާ ދޭން ފަށައިފި އެވެ. ފުލުހުން ބުނީ ހުޅުމާލެ ފަތާޓްރެކް ސަރަހައްދުގައި މޫދަށް އެރިއުޅުނު ފިރިހެނަކު ގެނބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތެއް މިއަދު ހެނދުނު 8:00 ޖަހައި އެހާކަންހައިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާ ދެމުން އަންނަ ކަމަށް ބުންޏެވެ. ހުޅުމާލޭގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ފަރުވާ ދެމުންދާއިރު މިދިޔަ މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޫދަށް އެރި އުޅުނު އުމުރުން 86 އަހަރުގެ ދިވެއްސަކު ވަނީ ނިޔާވެފައެވެ.

