މިއަދު 127 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

މިއަދު 127 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

ރާއްޖެއިން މިއަދު 127 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 18,467 އަށް އަރައިފިއެވެ. އެޗްޕީއޭއިން މިރޭ ހާމަކުރި މަޢުލޫމާތުގައި ވާގޮތުން ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 98 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. 10 މީހުން އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން 17 މީހުން ޕޮޒިޓިވް ވެ 2 މީހަކު ލައިވްބޯޑުން ޕޮޒިޓިވް ވެފައިވެއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ބައްޔަށް 2،446 މީހުންނަށް ފަރުވާދެމުން ދާއިރު އެއިގެތެރެއިން 159 މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން 58 މީހުން މަރުވެފައިވާއިރު މިބަލިން 15،965 މީހުން ރަނގަޅުވެފައި ވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *