ތިނަދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

ތިނަދޫގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

ގދ. ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި އެރަށުން ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރުމަށްފަހު އިއްޔެ ރިލީސް ސާމްޕަލް ނެގި މީހެއް ކަމަށެވެ.

މިއަދު ފެނުނު ކޭސްއާއެކު އައްޑޫން ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކާއި އޭނާގެ ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވި ދެ މީހަކާއި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި މީހަކާއެކު މިހާރުވަނީ ތިނަދޫގައި އެކްޓިވް ކޭސްގެ ޢަދަދު 5 އަށް އަރާފައެވެ.

އައްޑޫން ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓު ޕޮޒިޓިވްވި ދުވަހުން ފެށިގެން ތިނަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނައުމަށްފަހު އިއްޔެ އިން ފެށިގެން ވަނީ އާންމު ހާލަތަށް ގެނެސްފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *