ޖިހާދު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލް: ސުޕްރީމް ކޯޓު

ޖިހާދު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލް: ސުޕްރީމް ކޯޓު

ކ. ފުށިދިއްގަރު ފަޅު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ޖިހާދުގެ ފުރުން މަނާކޮށް ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓުމަށް ނެރުނު އަމުރު ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލްކަމަށް ނިންމާފައެވެ. އެކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައެވެ. މި މައްސަލާގައި ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުން ޖިހާދު ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލްކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ނިންމައި، ހައިކޯޓުގެ ނިންމުމަށް ތާއިދުކުރައްވާފައެވެ.

މި މައްސަލައިގައި ހައި ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، ޖިހާދު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން އެ އަމުރު ވަނީ ބާތިލުކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *