ވެރިންގެ މައްސަލަ ދަށުގައި ތިބޭ މުވައްޒަފުންނަށް އިންސާފުވެރިކޮށް ބެލިދާނެތޯ ނިހާދު ސުވާލު އުފައްދައިފި 

ވެރިންގެ މައްސަލަ ދަށުގައި ތިބޭ މުވައްޒަފުންނަށް އިންސާފުވެރިކޮށް ބެލިދާނެތޯ ނިހާދު ސުވާލު އުފައްދައިފި 

ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރެއް ނޫނީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރެއްގެ މައްސަލަ އޭނާގެ ދަށުން މަސައްކަތްކުރާ ބަޔަކު އިންސާފުވެރިކަމާއެކު ބަލާނެތޯ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ސުވާލު އުފައްދަވައި ފިއެވެ.

ނިހާދު މި ސުވާލު އުފެއްދެވީ ޖިންސީ ފުރައްސާރައިގެ މައްސަލާގައި ސަސްޕެންޑްކޮށްފައި ހުރި މޯލްޑިވް ގޭހުގެ ޑީއެމްޑީ އަލީ އިކްރާމްގެ މައްސަލަ ބަލަން ކުރިން ހަމަޖެއްސި ކޮމެޓީން އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި މޯލްޑިވް ގޭހުގެ މެނޭޖްމަންޓްގެ މުވައްޒަފުން ހިމެނޭ ކޮމެޓީއަކުން އެ މައްސަލަ ބަލަން ނިންމައިފި ކަމަށްބުނެ މީހަކު ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އެމީހާގެ އެ ޓްވީޓް ކޮށްފައި ވަނީ އިކްރާމްގެ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި ފަރާތާއި ހަވާލާދީ ކަމަށް ބުނެއެވެ.

އެ ޓްވީޓާއި ގުޅިގެން ނިހާދު ވަނީ އެއްވެސް ޑީއެމްޑީއެއް ނޫނީ އެމްޑީއެއްގެ މައްސަލަ އޭނާގެ ދަށުން މަސައްކަތްކުރާ ބަޔަކު އިންސާފުވެރިކަމާ އެކު ބަލާނެތޯ ސުވާލު އުފައްދަވާފަ އެވެ.

އެސްޓީއޯގެ ބެލުމުގެ ދަށުގައި އޮންނަ ކުންފުނި މޯލްޑިވް ގޭސް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކްރާމް، ތަކުރާރުކޮށް މުވައްޒަފަކަށް ފުރައްސާރަކުރި މައްސަލަ ހުށަހެޅީ ކުންފުނީގެ ބޯޑަށެވެ. އޭނާގެ މައްސަލަ ބަލަން ފަށައި، އޭނާ މިހާރު ހުރީ ސަސްޕެންޝަންގަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *