މިދިޔަ 24 ގަޑިއިރު ތެރޭ މުޅިރާއްޖެއިން 122 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭ އިން މިރޭ ޢާއްމުކުރި މަޢުލޫމާތުގައިވާގޮތުން މާލޭ ސަރަޙައްދުން 81 މީހަކު ޕޮޒިޓިވް ވެފައިވާއިރު އަތޮޅުތަކުގައި މީހުން އުޅޭ ރަށްތަކުން 11 މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އަދި ރިސޯޓްތަކުން 14 މީހަކު ޕޮޒިޓިވް ވެ ތަރައްޤީ ކުރާރަށްތަކުން އެކަކު އިންޑަސްޓްރިއަލް ރަށްތަކުން 5 މީހަކުވެސް ޕޮޒިޓިވް ވެފައިވެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 17،828 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 15،448 އަރާފައެވެ.
2315 މީހުން ބަލީގައި ފަރުވާ ހޯދަމުންދާއިރު އޭގެތެރެއިން 193 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލް ތަކުގައި އެޑްމިޓް ކޮށްގެންނެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 58 މީހަކު ނިޔާވެފައިވެއެވެ.

